އައި ކެއާ

އައިކެއަރއިން އދ. މަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފި

Sep 13, 2023

އައިކެއަރގެ އިޖުތިމާއީ ޒިންމާގެ ދަށުން އދ. މަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް އިފްތިތާހުކޮށްފި އެވެ.

މިމަހުގެ ފުރަތަމަ ދުވަހު އިފްތިތާހު އިފްތިތާހުކުރި މަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއަކީ 30 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއުގެ ސަބަބުން މަންދޫގައި ދިރިއުޅޭ 502 މީހުންގެ އާބާދީއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް އައިކެއަރއިން ގަބޫލުކުރެ އެވެ.

އައިކެއަރ އާއި މަންދޫ ރަށު ކައުންސިލާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން 2018 ވަނަ އަހަރު މަސައްކަތް ފަށާ ކާމިޔާބުކަމާއެކު ނިންމުމަށްފަހު އައިކެއަރއިންވަނީ ރަށު ކައުންސިލާއި ހަވާލުކޮށްފަ އެވެ. އެއަށްފަހު މިރަސްމިއްޔާތުގައި ރަށު ކައުންސިލުން ވަނީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާއި ހަވާލުކޮށްފަ އެވެ.

މިމަޝްރޫއުގެ ދަށުން ސާފުބޯފެން އުފައްދާ ދެ ރިވާސް އޮސްމޯސިސް ޕްލާންޓް ބަހައްޓާފައިވެ އެވެ. އަދި 74 ޓަނުގެ ފެން ރައްކާކުރެވޭ ވަރުގެ ދެ ސްޓޯރޭޖް ޓޭންކް ވެސް ރަށުގައި ބަހައްޓާފައިވެ އެވެ. މީގެ އެހީގައި މަންދޫގެ ރަށްވެހިންނަށް މެދުކެނޑުމެއްނެތި ސާފު ބޯފެން ލިބޭނެ މަގު ކަށަވަރު ވެގެންދާނެ އެވެ.

މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވަނީ މުޖުތަމައުގެ ތަރައްގީގައި އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވާ އައިކެއަރ އަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

ޝަރީފް ވިދާޅުވީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް ލިބެން ހުރި ވަސީލަތްތަކުން ހުރިހާ ރަށަކަށް ބޭނުންވާ ތަރައްގީގެ މަޝްރޫތައް ނުހިންގުނު ނަމަވެސް އަމިއްލަ ފަރާތްތަކުން ވީވަރަކުން މުޖުތަމައުގެ ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިކެއަރގެ މެނޭޖިން ޑިރެކްޓަރ ޑރ.އަބްދުالله ޒާހިރު ވިދާޅުވީ މިއީ މަންދޫއަށް ވަރަށް ބޭނުންވެފައިވާ ކަމެއް ކަމަށާއި މިމަޝްރޫގެ ސަބަބުން ނުސާފު ފެނުގެ ޒަރީއާއިން ރަށުގެ ރައްޔިތުންނަށް ދިމާވާ ސިއްހީ މައްސަލަތައް 70 އިންސައްތައަށް ކުޑަކުރެވޭނެ ކަމަށެވެ. މިމަޝްރޫ ފުރިހަމަކުރެވިފައިވަނީ ރަށު ކައުންސިލާއި ރަށުގެ ރައްޔިތުންގެ އެހީއާއި އެއްބާރުލުން ލިބިގެންކަން ފާހަގަކުރައްވައި، އެފަރާތްތަކަށް އިހުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރެއްވިއެވެ.

އަތޮޅުތެރޭގެ ތަރައްގީއަށް އެހެނިހެން ގިނަ ހިދުމަތްތަކެއްވެސް އައިކެއަރގެ އިޖުތިމާއީ ޒިންމާގެ ދަށުންވަނީ ފޯރުކޮށްދީފަ އެވެ. އެގޮތުން މަންދޫގައި ޒުވާނުންގެ މަރުކަޒަކާއި ޒަމާނީ ފެންވަރުގެ ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވެ އެވެ. މީގެ އިތުރުން އައިކެއަރއިން އޮޕަރޭޓުކުރަމުންދާ ފިޔަވަޅު ރިސޯޓު މޯލްޑިވްސް އިން މަންދޫއަށް ދަތުރުފަތުރުގެ ހިދުމަތްވެސް ދެމުންގެންދެ އެވެ.

އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައަށް ހިދުމަތްކޮށްދިނުމުގެ މުހިންމުކަމާއި މިފަދަ ޕްރޮޖެކްޓް ތަކުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލު ފާހަގަކުރައްވައި ޑރ.އަބްދުالله ޒާހިރު ވަނީ މުސްތަގުބަލުގައިވެސް މަންދޫގެ ތަރައްގީއަށް މަންދޫގެ ރައްޔިތުންނާއި އެކު ގާތުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.