ކޮމަންވެލްތު ޖަމިއްޔާ

ކޮމަންވެލްތު ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

ކޮމަންވެލްތު ސްކޮލަޝިޕަށް ކުރިމަތިލުމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިނގިރޭސިވިލާތުގައި ކިޔެވުމަށް މި ފުރުސަތު ލިބޭނީ މާސްޓާސް ޕްރޮގްރާމެއް ފުރިހަމަކުރުމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދެ މީހަކަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެެވެ.

ފުރުސަތު ހުޅުވާލައިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 1:30ގެ ނިޔަލަށެވެ.

ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ކިޔެވުމަށް ލޯން ނަގާފައިވާ މީހުންގެ ތެރެއިން ގަވައިދުން ލޯނަށް ފައިސާ ދައްކަމުންދާ މީހުންނަށާއި ކިޔަވަން ބޭނުންވާ މާސްޓާސް ކޯހާ އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި ކިޔަވަމުން ނުދާ މީހުންނަށެވެ.

މީގެއިތުރުން ކޮމަންވެލްތު ސްކޮލަޝިޕް ކޮމިޝަންގެ ވެބްސައިޓުގައި އިތުރު ޝަރުތެއްވާނަމަ އެކަންކަން ވެސް ފުރިހަމަ ވާންޖެހޭނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.