ބޭރު ކުޅިވަރު

ޓޮޓެންހަމް ކީޕަރު ލޮރިސް އަނިޔާގައި

ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް އަށް އަނިޔާގެ ސަބަބުން މިރޭ ޔޫރޮޕާ ލީގުގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅެވޭގޮތް ނުވެއްޖެ އެވެ.

ފްރާންސްގެ ކީޕަރުގެ ކޮނޑުހުޅަށް ވަނީ އަނިޔާވެފަ އެވެ. އުމުރުން މިހާރު 29 އަހަރުގެ ކީޕަރަށް އަނިޔާވީ ޕްރެމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން 2-1އިން މީގެ ތިން ދުވަސްކުރިން މޮޅުވި މެޗުގަ އެވެ.

އޭނާ ނެތުމުން މިރޭގެ މެޗުގައި ކީޕަރަށް ކުޅޭނީ މައިކަލް ވޯމް އެވެ.

ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ފިއޮރެންޓީނާ އަކީ މޮޅު ޓީމެއް ކަމަށާއި މި ސީޒަނުގައި މިހާތަނަށް 31 މެޗު ކުޅެފައިވާ ލޮރިސް ލައްވައި މި މެޗުގައި ކުޅުވަން އޭނާ އުއްމިދު ކުރި ކަމަށެވެ.

"އެކަމަކު އޭނާ އަށް ކުޅެވޭގޮތްނުވީ. އޭނާ ނެތުމަކީ އޭގެ ސަބަބުން ޓީމު އިތުރަށް ހިތްވަރު ކުރަންޖެހޭ ކަމެއް. ދެން އަހަރުމެން ބަލަން ޖެހޭނީ އޭނާ އަށް ފިއޮރެންޓީނާއާ ދެކޮޅަށް ދެ ވަނަ ލެގުގައި ކުޅެވޭނެތޯ،" ކޯޗު ބުންޏެވެ.

މުބާރާތުގެ 32 ޓީމުގެ ބުރުގައި މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.