ފިނިޕޭޖް

"އަ ހޯންޓިން އިން ވެނިސް" ބަލައިފިންތަ؟

"އަ ހޯންޓިންގ އިން ވެނިސް" ގެ ޕޯސްޓަރެއް
0%
0%
0%

ޑައިރެކްޓަރު އަދި އެކްޓަރު ކެނެތު ބްރެނަގްގެ މާޑާ މިސްޓްރީ "އަ ހޯންޓިން އިން ވެނިސް" މި މަހުގެ 11 ގައި އިނގިރޭސި ވިލާތުގައި ރިލީޒްކޮށް، އެމެރިކާގައި މީގެ ތިން ދުވަސް ކުރިން ރިލީޒްކުރި އެވެ. މި ފިލްމާ މެދު ކްރިޓީކުންގެ ހިޔާލު ވަނީ ބައިބައި ވެފަ އެވެ.

މި ފިލްމަކީ 1969 ގައި އަގަތާ ކްރިސްޓީ ޕަބްލިޝްކުރި "ހެލޮވީން ޕާޓީ" އަށް ބިނާކޮށްފައިވާ ފިލްމެކެވެ. އަަގަތާ އަކީ ހާކިއުލް ޕޮއިރޯ ކެރެކްޓާއަށް ގިނަ ވާހަކަތަކެއް ލިޔެފައިވާ ލިޔުންތެރިޔެ އެކެވެ.

ކެނެތު ވަނީ ޕޮއިރޯގެ ވާހަކަ ސީރީޒަށް މިހާތަނަށް ދެ ފިލްމު ހަދާފަ އެވެ. އެއީ ޓްވެންޓިއަތް ސެންޗުރީ ސްޓޫޑިއޯއާ ގުޅިގެން 2017 ގައި ނެރުނު "މާޑާ އޮން އޮރިއަންޓް އެކްސްޕްރެސް" އަދި 2022 ގައި ނެރުނު "ޑެތް އޮން ނައިލް" އެވެ. މި ފިލްމްތަކުގައި ހާކިއުލް ޕޮއިރޯގެ ރޯލް އަދާކުރަނީ ކެނެތު އެވެ.

"އަ ހޯންޓިންގ އިން ވެނިސް" ގެ ޕޯސްޓަރެއް

ފަސްދޮޅަސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "އަ ހޯންޓިން އިން ވެނިސް" ވަނީ އިންޓަނޭޝަނަލް މާކެޓްތަކުން އެއް ހަފްތާ ތެރޭ 22.7 މިލިއަން ޑޮލަރު ހޯދާފަ އެވެ. އުތުރު އެމެރިކާގެ މާކެޓުން ތިން ދުވަހަށް ލިބުނީ 14.5 މިލިއަނެވެ. އެހެންކަމުން ކެނެތުގެ ކުރީ ދެ ފިލްމާ އަޅާބަލާއިރު، މި ފިލްމަށް މިހާތަނަށް ލިބިފައިވާ 37.2 މިލިއަން ޑޮލަރަކީ ދަށް އަދަދެކެވެ.

މި ފިލްމާމެދު ކްރިޓީކުންެ މައިގަނޑު ހިޔާލަކީ މި ފިލްމުގެ ވިޝުއަލްސް ފަދަ ބައެއް ކަންކަން ކަމުދިޔަ އިރު، ބައެއް ކަންތައްތައް ކަމުނުދާކަމެވެ.

ރޮޓަން ޓޮމާޓޯޒް އިން 201 ކްރިޓީކުންނަށް ބިނާކޮށް މި ފިލްމަށް ދީފައިވަނީ 79 ޕަސަންޓުގެ ޕޮޒިޓިވް ރޭޓިން އެކެވެ.

ބައެއް ކްރިޓީކުން މި ފިލްމުގެ އިހުސާސާއި ކާސްޓުންގެ އެކްޓިންއަށް ތައުރީފްކުރިއިރު، އެހެން މީހުން އެކްޓިން ކަމުނުދާ ކަމަށާއި ބައެއް ކެރެކްޓާތައް ތަރައްގީވެފައިވާ މިންގަނޑު ކަމުނުދާ ކަމަށް ބުންޏެވެ. އަދި އެންމެ ހަރުކަށިކޮށް ފާޑުކީ ކްރިޓީކުން ބުނެފައިވަނީ މި ފިލްމުގެ ދުވެލި ވަރަށް ލަސްކަމަށާއި އޯޑިއަންސް ފޫހިވެގެންގޮސް ރޮވޭނެ ކަމަށެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ މައިކަލް ގްރީން އެވެ. މި ފިލްމުގައި ކެނެތުގެ އިތުރުން މިޝޭލް ޔޯ، ޖޭމީ ޑޯނަން، ޓީނާ ފޭ، ޖޫޑް ހިލް އަދި އަލީ ހާން ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910