މޯލްޑިވްސް ޕޮލިސް ސާވިސް

މީހަކު ގެއްލިގެން ހޯދަނީ

Sep 19, 2023

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ ހދ. މަކުނުދޫ، ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް (28އ) އެވެ.

ފުލުހުން ބުނި ގޮތުގައި އާއިލާއަށް ހަބަރެއް ނުވެ އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

އާއިލާއާ ހަވާލާދީ ފުލުހުން އިތުރަށް ބުނީ އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

އޭރު އޭނާ ލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއް ކަމަށްވެސް އާއިލާއާ ހަވާލާދީ ފުލުހުން ބުނެ އެވެ.

ނާޠިފް ޢަބްދުއްސަލާމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.