ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ދަ ޑިމޮކްރެޓްސްއަށް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ދަ ޑިމޮކްރެޓްސްއަށް ލިބިއްޖެ އެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ދަ ޑިމޮކްރެޓްސް އަށް ލިބިފައިވާއިރު މަޖިލީހުގައި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން ތިއްބަވަ އެވެ.

މީގެ ކުރިން މަޖިލީހުގައި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ތިން މެންބަރުން ތިއްބަވާއިރު އިތުރު 10 މެންބަރުން ދަ ޑިމޮކްރެޓްސް އަށް ގުޅިވަޑައިގެންނެވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރެއްވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

މަޖިލީހުގައި މެންބަރުން ނިސްބަތްވާ ޕާޓީތައް

  • އެމްޑީޕީ - 56 މެންބަރުން
  • ދަ ޑިމޮކްރެޓްސް - 13 މެންބަރުން
  • ޕީޕީއެމް - 5 މެންބަރުން
  • ޕީއެންސީ - 3 މެންބަރުން
  • އެމްއެންޕީ - 3 މެންބަރުން
  • އެމްޑީއޭ - 2 މެންބަރުން
  • ޖުމްހޫރީ ޕާޓީ - 2 މެންބަރުން
  • މިނިވަން - 3 މެންބަރުން

މި ބަދަލާއެކު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރަޢީސް މުހައްމަދު ނަޝީދު މިއަދު އިއުލާނު ކުރެއްވި އެވެ.

މީގެ އިތުރުން މި ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުންގެ ބަހުސްގެ ވަގުތަށް ބަދަލު ގެނެވިފައިވާ ކަމަށާއި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މެންބަރުން ހިމެނޭ ގޮތަށް އަންނާނެ ބަދަލު ފާސްކުރަން ހުށަހަޅުއްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.