ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމުގެ ގޮތުގައި ގުރުއަތުން ހޮވޭ ތިން މީހަކަށް 15،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ނުވަ މީހެއް ގުރުއަތުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމު:
- 500 ޑޮލަރުން ދަށުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ ތިން މީހަކަށް 750 ރުފިޔާގެ ގިފްޓް ކާޑެއް
- 501 – 1،000 ޑޮލަރާއި ދެމެދުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ ތިން މީހަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް
- 1،000 ޑޮލަރުން މަތީ ޓްރާންސެކްޝަންތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ ތިން މީހަކަށް 3500 ރުފިޔާގެ ގިފްޓް ކާޑެއް
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މިއަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށެވެ.