ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ސްކޮލަޝިޕް ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޮލަޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މިފަންޑަކީ ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ އަމާޒުގައި ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ހުޅުވާލެވުނު ފަންޑެކެވެ.

މި ސްކޮލަޝިޕަށް އެދި ހުށަހަޅާ ޒުވާނުންގެ ތެރެއިން ހޮވާލެވޭ ތިން ދަރިވަރުންނަށް ބޭންކިންނާއި ފައިނޭންސްގެ ރޮނގުން އެކައުންޓިން، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިން، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ޒުވާނުންނަށް މި ފަންޑަށް އެދި ހުށަހޭނެ އެވެ.

މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމަންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ކަނޑައެޅިފައިވެ އެވެ.

މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތައް މިއަހަރުގެ ނޮވެމްބަރު ހަތަރުވަނަ ދުވަހުގެ ރޭގަނޑު 11:59ގެ ކުރިން މިކަމަށް ހާއްސަ އީމެއިލް އަށް -- [email protected] އަށް އެޕްލިކޭޝަން އީމެއިލް ކުރަންޖެހެ އެވެ. '

މި ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ އެވެ.