ފިނިޕޭޖް

އޮޕަންހައިމާ: މިހާތަނަށް އެންމެ ކާމިޔާބު ބަޔޯޕިކް

ކިލިއަން މާފީ އާއި ކްރިސްޓޮފާ ނޯލަން
0%
0%
0%

މިއަހަރުގެ ޖުލައި މަހުގެ 21 ގައި ރިލީޒްކުރި "އޮޕަންހައިމާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ބަޔޯޕިކް އެވެ.

"އޮޕަންހައިމާ" އަކީ މިއަހަރުގެ މިހާތަނަށް ތިންވަނައަށް އެންމެ ކާމިޔާބު ފިލްމުވެސް މެއެވެ.

"ބާބީ" އާ ވާދަކުރުމަށް ފަހު މި ފިލްމަށް ބޮކްސް އޮފީހުގައި މިހާތަނަށް ޖުމްލަކޮށް 913.1 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މީގެ ކުރިން މި ލަގަބު ދަމަހައްޓާފައިވަނީ ކުއީން ބޭންޑްގެ ފްރެޑީ މާކިއުރީގެ ހަޔާތަށް ހެދި އެކަޑަމީ އެވޯޑް ލިބިފައިވާ "ބޮހީމިއަން ރެޕްސޮޑީ (2018)" އެވެ.

"އޮޕަންހައިމާ"ގެ ސީންއެއްގައި ކިލިއަން މާފީ އާއި ފްލޮރެންސް ޕިއު

މި ފިލްމް ބިނާކޮށްފައިވަނީ ކައި ބާޑް އާއި މާޓިން ޖޭ ޝާވިން 2005 ގައި ނެރުނު ފޮތް "އެމެރިކަން ޕްރޮމީތިއަސް" އަށެވެ. މިވާހަކަ އާއި މި ފިލްމު ބިނާކޮށްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ލޮސް އެލާމޮސް ލެބޯރެޓަރީގެ ޑައިރެކްޓަރުކަން އަދާކުރި ތިއޮރެޓިކަލް ފިޒިސިސްޓް ޖޭ ރޮބަޓް އޯޕަންހައިމާ އަށެވެ.

އޭނާއަކީ ނިއުކްލިއާ ހަތިޔާރާ ބެހޭ ރިސާޗް ހަދައި އެ ހަތިޔާރު ތަރައްގީކުރި މެންހެޓަން ޕްރޮޖެކްޓްގައި ބޮޑު ރޯލެއް އަދާކުރި މީހެކެވެ. އަދި "އެޓޮމިކް ބޮމްބްގެ ބައްޕަ"ގެ ނަމުން މުހާތަބު ކުރެވޭ މީހާއެވެ.

ގިނަ އޭ-ލިސްޓް ތަރިންތަކަކާއެކު ހަދާފައިވާ "އޮޕަންހައިމާ"ގެ ކާސްޓްގެ އެކްޓިންއާއި ޓެކްނިކަލް ކަންކަމާއި ކްރިޓޮފާގެ ތަސައްވަރު އަދި ޑައިރެކްޝަންއަށް ވަނީ ކްރިޓީކުންނާއި ފޭނުންގެ ބޮޑު ތަރުހީބަކާއި ތައުރީފެއް ލިބިފަ އެވެ.

މިއީ ކްރިސްޓޮފާ ނޯލަންގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. 2012 ގައި ރިލީޒްކުރި ކްރިސްޓޮފާގެ "ދަ ޑާކް ނައިޓް ރައިޒަސް" ވެސް ވަނީ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910