ފިނިޕޭޖް

"ސްކުއިޑް ގޭމް: ދަ ޗެލެންޖް" އަންނަނީ

"ސްކުއިޑް ގޭމްސް" ގެ ސީން އެއް
100%
0%
0%

ނެޓްފްލިކްސްގެ ކާމިޔާބު ކޮރިއާ ސީރީޒް "ސްކުއިޑް ގޭމްސް" އަށް ބިނާކޮށް ހަދާފައިވާ "ސްކުއިޑް ގޭމްސް: ދަ ޗެލެންޖް" ރިއަލިޓީ ގޭމް ޝޯ ނެޓްފްލިކްސް އަށް އަންނަނީ އެވެ.

މި ޝޯގެ ޓީޒާ މިހާރު ވަނީ ނެރެފަ އެވެ. ޓީޒާއިންވެސް ފެންނަނީ މި ގޭމް ޝޯ "ސްކުއިޑް ގޭމް" ސީރީޒްއާ ވަރަށް އެއްގޮތަށެވެ.

ދިހަ އެޕިސޯޑްގެ މި ގޭމް ޝޯގައި 456 ކުޅުންތެރިން ވާދަކުރާނީ 4.56 މިލިއަން ޑޮލަރުގެ އިނާމަކަށެވެ.

މިއީ ޓީވީގެ ތާރީހުގައި ގޭމް ޝޯއަކުން މޮޅުވާ ފަރާތަކަށް ލިބޭ އެންމެ ބޮޑު ފައިސާގެ އަދަދެވެ.

ސީރީޒް ފަދައިން ކުޅުންތެރިން ލައިގެން ތިބޭނީ ފެހި ކުލައާއި ހުދު ކުލައިގެ ޓްރެކް ސޫޓެވެ.

މި ޝޯގައި "ސްކުއިޑް ގޭމް" ފަދައިން ގޭމްތަކެއް މެދުވެރިކޮށް ކޮންމެ ކުޅުންތެރިޔަކަށްވެސް ކުރިއަށް ދެވޭނެ އެވެ. ގޭމްތައް ކުރިއަށްދާއިރު ފައިސާގެ ބޮޑު އިނާމު ކާމިޔާބުކުރުމަށް ކިހާ ހިސާބަކަށް ދާނަންތޯ އަމިއްލަ ނަފްސަށް ސުވާލުކުރަންޖެހެ އެވެ.

"ސްކުއިޑް ގޭމްސް: ދަ ޗެލެންޖް" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާނީ މިއަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު އެވެ. ނެޓްފްލިކްސް އިން ވަނީ "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަނެއްވެސް ހަދާނެ ކަމަށް މިދިޔަ ޖޫން މަހު އިއުލާންކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910