ގައުމީ ޔުނިވާސިޓީ

އެމްއެންޔޫގެ ސްކޯލާޝިޕް 11 ދަރިވަރަކަށް ދީފި

Sep 26, 2023
މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ -- ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންގެ ތެރެއިން ތޫނުފިލިކަން ހުރެ މަތީ ފެންވަރަށް ކިޔަވަން ދަތިވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުންދޭ ސްކޯލާޝިޕް 11 ދަރިވަރަކަށް ދީފި އެވެ.

މިއަހަރުގެ ސްކޯލާޝިޕްގެ ފުރުސަތައް އެދި ހުށަހެޅި ދަރިވަރުންނަން އެކަމުގެ ލިޔުން ބުރާސްފަތި ދުވަހު ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް އެވެ. ދަރިވަރުންނަން ދިން ސްކޯލާޝިޕު ތަކަކީ ޔުނިވަސިޓީގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން ތޫނުފިލިކަން ހުރެ މަތީ ތައުލީމު ހޯދަން ފުރުސަތު ނުލިބިފައި ތިބި ކުދިންނަން އެ ފުރުސަތު ހޯދައި ދިނުމަށް ދޭ ސްކޯލާޝިޕް ތަކެކެވެ.

ދަރިވަރުންގެ މަތީ ތައުލީމަށް ދޭ ސްކޯލާޝިޕް ތަކަށް ހަރަދުކުރާނީ ޔުނިވަސިޓީ އަށް ލިބޭ އާމްދަނީންނެވެ. މިގޮތަށް ދަރިވަރުންނަން ދޭ ސްކޯލާޝިޕް ތަކަކީ ޓިއުޝަން ފީ ހިލޭ ކޮށްދޭ ސްކޮލަޝިޕްތަކެކެކެވެ. އަދި ޔުނިވާސިޓީއަށް ދަރިވަރު ދައްކަން ޖެހޭ ފީ މާފްކޮށްދޭނެ އެވެ.

އެމްއެންޔޫގައި އަންޑަގްރޭޖުއޭޓް ފުލް ޝްކޮލަޝިޕް ދަރިވަރުން ހަދާ ކޯސް އެއްކޮށް ނިމެންދެން ފައިސާގެ އެލަވަންސެއް ދިނުން ޕޯސްޓްގްރޭޖުއޭޓް ފުލް ސްކޮލަޝިޕް ދަރިވަރުން ހަދާ ކޯސް އެއްކޮށް ނިމެންދެން ފައިސާގެ އެލަވަންސެއް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910