ފިނިޕޭޖް

ލެނީ ކްރެވިޓްޒް ޓިކްޓޮކަށް

ލެނީގެ ވީޑިއޯގެ ސީންއެއް
0%
0%
0%

ރޮކް އެންޑް ރޯލް ލަވަކިޔުންތެރިޔާ އަދި އެކްޓަރު ލެނީ ކްރެވިޓްޒް (59 އ)ގެ ފަރާތުން މިފަހަރު މިއޮތީ އުފާވެރި ހަބަރެކެވެ. ލެނީ އަލަށް ޓިކްޓޮކް އެކައުންޓް ހަދައިފި އެވެ.

ލެނީ އިއްޔެގެ ވަގުތެއްގައި ހެދި މި ޓިކްޓޮކް އެކައުންޓްގައި ޕޯސްޓްކޮށްފައިވާ ފުރަތަމަ ވީޑިއޯއިން ފެންނަނީ މުށި ކުލައިގެ ރަޖާގަނޑެއްހެން ހީވާ ވަރަށް ބޮޑު ސްކާފެއް ކަރުގައި އޮޅައިގެން ލެނީ ހިނގާލާފައި އަންނަ ތަނެވެ. އަދި އޯޑިއަންސާ މުހާތަބްކޮށް، މިއީ ހަރީފް މޫސުމްގެ ފުރަތަމަ ދުވަސް ކަމަށާއި ބޮޑު ސްކާފް އަޅަންވެސް ބުނެ އެވެ.

ލެނީ ބޮޑު ސްކާފް އަޅައިގެން ދަނިކޮށް 2012 ގައި ޕަޕަރާޒީން ނެގި ފޮޓޯ

މި ބޮޑު ސްކާފަކީ ލެނީ އަލަށް ބޭނުންކުރި ސްކާފެއް ނޫނެވެ. ލެނީ އިޝާރާތްކޮށްފައި އެވަނީ އޭނާ 2012 ގައި އެ ސްކާފް އަޅައިގެން މަގުމަތިން ކޮތަޅެއް ހިފައިގެން ހިނގާފައި ދަނިކޮށް ޕަޕަރާޒީން ނެގި ފޮޓޯއަށެވެ. އެތައް މީމްއަކާއެކު މި ފޮޓޯ ވަނީ އިންޓަނެޓްގައި ދައުރުވެފަ އެވެ. އަދި މި ފޮޓޯއަށް އެތައް އަހަރެއް ވީއިރުވެސް މީހުންގެ ހަނދާނުން ނުފޮހެވެ އެވެ.

ހަތަރު ގްރެމީ އެވޯޑް ލިބިފައިވާ ލެނީގެ ޓިކްޓޮކް އެކައުންޓް ހެދިތާ 24 ގަޑިއިރު ނުވަނީސް 92.1 ލައްކަ ފޮލޮވާސް ލިބިފައިވެ އެވެ. އަދި ލެނީގެ ވީޑިއޯ 3.5 މިލިއަން މީހުން ބަލާފައިވާއިރު 552.2 ލައްކަ ލައިކް ލިބިފައިވެ އެވެ. ލެނީ އަދި އެއްވެސް އެކައުންޓަކަށް ފޮލޯކޮށްފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910