ފިނިޕޭޖް

ބްރާޔަން އާއި ޝާނާ އެންގޭޖްވެއްޖެ

އެކްޓާ ބްރާޔަން އޮސްޓިން ގްރީން، 50، އާއި "ޑާންސިން ވިތް ދަ ސްޓާޒް"ގެ ޝާނާ ބާގެސް، 38، އެންގޭޖުވެއްޖެ އެވެ.

ބްރާޔަން އާއި ޝާނާ މި ހަބަރު އާންމުކުރީ މިދިޔަ ހުކުރު ދުވަހު އައިހާޓްރޭޑިއޯ ޕޮޑްކާސްޓް އޯލްޑިޝް ގައެވެ.

ޝާނާ ބުނީ ބްރާޔަން އޭނާ ގާތު ކައިވެނިކުރަން އެހީ މިދިޔަ ޖޫން މަހު ދެމީހުންގެ ދަރިފުޅަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ސަޕްރައިޒް ޕާޓީގައި ކަމަށެވެ. ބްރާޔަން މި ސުވާލު އެހީ ބްރާޔަންގެ ކުދިންގެ އެހީއާއެކުގައި ކާޓިއާގެ ބޮޑު އަލިމަސް އަގޮޓިއަކުންނެވެ.

ޝާނާ އާއި ބްރާޔަން ވަނީ އެންގޭޖްވިކަން ހާމަކުރުމަށް ބްރާޔަންގެ އަތްމަތީގައި ފަހަރަކު ކުއްޖެއްގެ އަތް ބާއްވަމުން އެންމެ މަތީގައި އަގޮޓި އަޅައިގެން ޝާނާގެ އަތް ބާއްވާ ނަގާފައިވާ ވީޑިއޯއެއް އިންސްތަގްރާމްގައި ޕޯސްޓްކޮށްފަ އެވެ. އަދި މި ވީޑިއޯގައި ޅެމެއް ކިޔަމުން ޝާނާ ދިޔައިރު، ކެޕްޝަނަކަށް އެންމެ ފަހުގެ ޗެޕްޓާ ކަމަށް ލިޔެފައިވެ އެވެ.

ބްރާޔަން އާއި ޝާނާ އަށް 14 މަހުގެ ޒޭން ވޯކާ ލިބިފައިވީއިރު ބްރާޔަންގެ ކުރީގެ އަންހެނުން މޭގަން ފޮކްސް އަށް ނޮއާ ޝެނަން، 11، ބޯދީ ރެންސަމް، 9، އަދި ޖޯނީ ރިވާ، 7، ލިބިފައިވެ އެވެ. މީގެ އިތުރުން ބްރާޔަންގެ ކުރީގެ ލޯބިވެރިޔާ ވެނެސާ މާސިލް އަށް 21 އަހަރުގެ ކެޝިއަސް ލިބިފައިވެ އެވެ. ބްރާޔަން އަދި ޝާނާގެ ވީޑިއޯގައި ކެޝިއަސް ނޫން އެހެން ކުދިން ބައިވެރިވެފައިވެ އެވެ.

މި ދެ ލޯބިވެރިން ލޯބީގެ ގޮތުން ގުޅުނީ 2020ގެ ޑިސެމްބަރު މަހު އެވެ. އަދި އެކުގައި "ޑާންސިން ވިތް ދަ ސްޓާޒް" ގައި ވާދަކޮށްފައިވެ އެވެ.