ރިޔާސީ އިންތިހާބު 2023

ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުން ދެގުނަ އިތުރުވެއްޖެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުންގެ އަދަދު ދެގުނަ އިތުރުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މިމަހުގެ ނުވަވަނަ ދުވަހު ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވަނީ 3،327 މީހުންނެވެ. ނަމަވެސް ދެވަނަ ބުރުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް 6،223 މީހުން ރީރަޖިސްޓްރީކޮށްފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށްވެސް ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ހުންނާނީ އިންޑިއާ، ސްރީލަންކާ، ޔޫއޭއީ އަދި އިނގިރޭސިވިލާތުގައެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 282،804 މީހުންނަށް ލިބޭއިރު މީގެ ތެރޭގައި 144،410 ފިރިހެނުންނާއި 138،394 އަންހެނުން ހިމެނެ އެވެ.