ފިނިޕޭޖް

ސޮފިއާ ވެއްޓި އަނިޔާވުމުން ސާޖަރީއެއް ހަދައިފި

ސޮފިއާ ލޯރެން
0%
0%
0%

އިޓަލީ އަދި ހޮލީވުޑްގެ ލެޖެންޑަރީ އެކްޓްރެސް ސޮފިއާ ލޯރެން (89 އ) އާދިއްތަ ދުވަހު ވެއްޓިގެން ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

ސްވިޓްޒަލޭންޑްގެ ޖެނީވާގައި ދިރިއުޅޭ ސޮފިއާ ވެއްޓުނީ އޭނާގެ ފާހަނާ އަށެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.

ސޮފިއާގެ ތަރުޖަމާން ބުނީ ސޮފިއާ ވެއްޓުމާ ގުޅިގެން ފަލަ މަސްގަނޑުގެ ކަށިގަނޑާއި އުނަގަނޑާ ދިމާލު ކަށިގަނޑުގައި ރެނދުއަޅާފައިވާތީ ސާޖަރީ ހަދާފައިވާ ކަމަށެވެ.

ސާޖަރީއާ ގުޅިގެން ރިހެބިލިޓޭޝަނަށްފަހު ރަނގަޅުވުމުގެ އުއްމީދު ބޮޑު ކަމަށެވެ. އަދި މިހިނދު ސޮފިއާގެ ދެ ކުދިން، 54 އަހަރުގެ ކާލޯ ޖޫނިއާ އާއި 50 އަހަރުގެ އެޑުއާޑޯ ސޮފިއާގެ ކައިރީގައި ތިބި ކަމަށްވެސް ބުންޏެވެ.

ސޮފިއާ ލޯރެން ޒުވާން އިރުގެ ފޮޓޯއެއް

މިދިޔަ ހަފްތާގައި 89 ނުވަ އުފަން ދުވަސް ފާހަގަކުރި ސޮފިއާ ކުރިން އޮތީ، އިޓަލީގެ ބާރީގައި ހުންނަ އޭނާގެ ނަން ދީފައިވާ ރެސްޓޯރަންޓެއްގެ އިވެންޓަކަށް މިއަދު ދިއުމަށް ހަމަޖެހިފަ އެވެ. އެހެންނަމަވެސް މި ހާދިސާއާ ގުޅިގެން ސޮފިއާގެ ކުރިއަށް ހުރި އިވެންޓްތައް ވަނީ ކެންސަލްކޮށްފަ އެވެ.

ސޮފިއާ އަކީ އިނގިރޭސި ބަސް ނޫން ބަހެއްގެ ފިލްމެއްގެ ރޯލަކަށް އެކަޑަމީ އެވޯޑް ލިބުނު ފުރަތަމަ މީހާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910