އިލެކްޝަންސް ކޮމިޝަން

އިންތިހާބަށް 285،631 ވޯޓު ކަރުދާސް ޕްރިންޓްކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް 285،631 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ކަރުދާސްތައްވެސް ޗާޕުކުރީ ފުރަތަމަ ބުރުގައިވެސް ވޯޓު ކަރުދާސްތައް ޗާޕުކުރި ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބުނީ 282،395 މީހުންނަށެވެ. އަންނަ ހޮނިހިރު ދުވަހަށް 18 އަހަރު ފުރޭތީ އިންތިހާބުގެ ދެވަނަ ބުރުގައި އިތުރު 409 މީހުންނާއެކު ޖުމްލަ 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ޗާޕުކުރީ ޖުމްލަ 285،219 ވޯޓު ކަރުދާހެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 586 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ބެހެއްޓީ 574 ވޯޓު ފޮއްޓެވެ.