މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ޓްރެފިކް ޖޫރިމަނާގެ ލުއި ހޯދުމަށް ހަދަންޖެހޭ ތަމްރީން އަންނަ މަހު

ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމުން ޖޫރިމަނާކޮށްފައިވާ މީހުންގެ ތެރެއިން ޖޫރިމަނާ މާފުކުރަން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އަންނަ މަހު ނިމުމުގެ ކުރިން ހުށަހަޅަން ޖެހޭ ގޮތަށް ނިންމައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ 17 ނޮވެމްބަރު 2018 އިން ފެށިގެން މި މަހުގެ ފަހަކާއި ހަމައަށް ކޮށްފައިވާ ހުރިހާ ޕާކިން ޖޫރިމަނާތައް މައާފު ކޮށްދެއްވާފަ އެވެ.

ޓްރެފިކްގެ އުސޫލުތަކާއި ހިލާފުވެގެން ޖޫރިމަނާ ކުރާ މީހުންނަށް ޕްރޮގްރާމްގައި ބައިވެރިވުމަށް އިއްޔެގެ ވަގުތެއްގައި ވަނީ ހުޅުވާލާފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނާ ގޮތުގައި އަންނަ މަހުގެ 25ގެ ކުރިން މި ޕްރޮގްރާމުގައި ބައިވެރިވާންޖެހެ އެވެ.

ކަމާ ގުޅޭ އުސޫލު އޮތް ގޮތުން ޖޫރިމަނާގެ ލުއި ލިބެނީ ތަމްރީން ޕްރޮގްރާމު ފުރިހަމަކުރުމުންނެވެ.

މި ޕްރޮގްރާމަކީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުވުމަށްޓަކައި ފުލުހުން ފަރުމާކޮށް ކަނޑައަޅާފައިވާ 20 ގަޑިއިރުގެ ޓްރެއިނިންގް ޕްރޮގްރާމެކެވެ.