މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

މަގުމަތިން ނެގި 281 އުޅަނދު ނައްތާލައިފި

މަގުމަތިން ނަގާފައިވާ އުޅަނދުތަކެއް ނައްތާލަނީ
0%
0%
0%

މާލެ ސަރަަހައްދުގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި 200 އަށް ވުރެ ގިނަ ވެހިކަލް ނައްތާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ނައްތާލި އުޅަނދުތަކުގެ އަދަދު 281 އަށް އަރާނެ ކަމަށެވެ.

މިއުޅަނދުތަކަކީ މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ބަހައްޓާފައި ހުންނަތާ އެތައް މަހެއްވީ އުޅަނދުތަކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ "ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމު"ގެ ދަށުން މިދިޔަ ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން އެ ތިން ދުވަހު އެކަނިވެސް 123 އުޅަނދު ނައްތާލެވުނު ކަމަށެވެ.

މާލެ ސަރަަހައްދުގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނަގައި ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފެށީ މިދިޔަ މަހުގެ 17 ގައެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބުރު މިހާރު ވަނީ ނިންމާލާފަ އެވެ.

ޓްރާންސްޕޯޓްސް މިނިސްޓްރީން މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި އިސްކަންދޭނީ މާލެއާއި ހުޅުމާލޭގެ މަގުމަތީގައި ބަހައްޓާފައި ހުރި ރަޖިސްޓްރީ ނުކުރާ އުޅަނދުތައް ނެގުމަށް ކަމަށެވެ. އެފަދަ އުޅަނދުތައް ނެގުމަށްފަހު ރަޖިސްޓްރީ ކުރެވެންދެން ވަކި ތަނެއްގައި ވަކި މުއްދަތަކަށް ބަހައްޓާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ނުދުއްވާ އެތައް ދުވަހެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ ބޭނުމަކީ ނުދުއްވާ ގިނަ ދުވަސްވެފައި ހުންނަ އުޅަނދުތަކުން މަގުތައް ތޮއްޖެހުން ކުޑަކުރުމާއި ތޮއްޖެހުމާ ގުޅިގެން ހިނގާ އެކްސިޑެންޓްތައް މަދުކުރުމެވެ

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345