މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ވޯޓުލާ ދުވަހު މުދާ އުފުލާ އުޅަނދުތައް ދުއްވުން މަނާކޮށްފި

މަގުމަތީގައި ވެހިކަލެއް ބާއްވައިގެން މުދާ ބާލަނީ -- ފޮޓޯ: އަވަސް
0%
0%
0%

އަންނަ ހޮނިހިރު ދުވަހު ވޯޓުލުން ކުރިއަށްދާ ވަގުތު މާލޭގައި މުދާ އުފުލާ އުޅަނދުތައް ދުއްވުން މަނާކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ ވޯޓުލާ ދުވަހު މާލޭގެ މަގުމަތި ބާރު ބޮޑުވާތީ ސެކިއުރިޓީ އަދި އިދާރީ ބައެއް މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވާތީ ކަމަށެވެ.

މިނިސްޓްރީން ނިންމާފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 6:00 އިން ރޭގަނޑު 8:00 އަށް މުދާ އުފުލާ އުޅަނދުތައް ދުއްވުން މަނާކުރުމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މިމަހު ނުވަވަނަ ދުވަހު ވޯޓުލީއިރު މާލޭގެ މަގުތައް ފެނުނީ ވަރަށް ބާރު ބޮޑުކޮށެވެ.

މުދާ އުފުލާ ބައެއް އުޅަނދުތަކާއި ބައެއް ބޮޑެތި ވެހިކަލްތަކުގެ ސަބަބުން އާންމުންގެ ޝަކުވާ އެ ދުވަހުވެސް ވަރަށް ބޮޑުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 5 އަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345