ރިޔާސީ އިންތިހާބު 2023

މާދަން އަދި ބުރާސްފަތި ދުވަހު އައިޑީ ކާޑު ދޫކުރަނީ

ކުރިއަށް އޮތް ދެ ދުވަހަކީ ރަސްމީ ބަންދު ދެ ދުވަހަށްވީ ނަމަވެސް އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މިރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 18 އަހަރުން މަތީގެ މީހުންނަށް މާދަމާ އަދި ބުރާސްފަތި އައިޑީ ކާޑު ދޫކުރާނެ ކަމަށެވެ.

އައިޑީ ކާޑު ދޫކުރާނީ މި ދެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ޑީއެންއާރް އިން މިގޮތަށް ނިންމީ އަންނަ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބުގައި ވޯޓުލާ ދުވަސް ކަމަށްވާތީ އައިޑީ ކާޑާ އެކު ވޯޓުލުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަންނަ ހޮނިހިރު ދުވަހު ވޯޓުލުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.