އިލެކްޝަންސް ކޮމިޝަން

ވޯޓުލާ މީހުން ވަކިކުރަން ފާހަގަ ޖަހަނީ ވައަތުގެ މެދު އިނގިލީގައި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ މީހުންގެ އިނގިލީގައި ޖަހާ ފާހަގަ ޖަހާނީ ވައަތުގެ މެދު އިނގިލީގައި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަގަ ޖަހާފައިވަނީ ވޯޓުލީ މީހުންގެ ވައަތުގެ ޝަހާދަތް އިނގިލީ ގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދެވަނަ ބުރުގައި ވޯޓުލާ މީހުން ދެނެގަތުމަށް ފާހަގަ ޖެހުމަށް ކޮމިޝަނުން ނިންމާފައިވަނީ ކޮންމެ މީހެއްގެ ވައަތުގެ މެދު އިނގިލީގައި ކަމަށެވެ.

އިންތިހާބުތަކުގައި ވޯޓުލާ މީހުން ދެނެގަތުމަށްޓަކައި ވޯޓުލާ މީހުންގެ އަތުގެ އިނގިލީގެ ނިޔަފައްޗާއެކު ފަސޭހައިން ފިލުވާ ނުލެވޭ ގަދަ ކުލައަކުން ފާހަގަޖަހަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.

ވޯޓުލުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުރިހާ އަތޮޅަކަށް ފޮނުވާފަ އެވެ.