މޯލްޑިވްސް ކަސްޓަމްސް ސާވިސް

ފަސް މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

އެއާކާގޯ ޝިޕްމެންޓެއްގައި ރާއްޖެ އެތެރެ ކުރަން އުޅުނު ހަތަރު ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މި ތަކެތި އަތުލައިގަތީ ދުބާއީ އިން ރާއްޖެއަށް ގެނައި އެއާކާގޯ ޝިޕްމަންޓްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން ކަސްޓަމްސްއިން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އެވެ.

ޝިޕްމަންޓުން ހަތް ޕެކޭޖު ފެނުނުއިރު މަސްތުވާތަކެތި ފެނުނީ މީގެ ތެރެއިން ދެ ޕެކޭޖަކުންނެެވެ. އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މިތަކެތި ތަހުލީލް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމައްވާ ހެރޮއިން އަށް ޕޮޒިޓިވްވެފައިވެ އެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.030 ކިލޯ ހުއްޓެވެ. މިތަކެތީގެ މަގުމަތީގެ އަގު 5.2 މިލިއަން ރުފިޔާއަށް އަރަ އެވެ.

މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ.