މާދަމާ އަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ހޯމަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިހބުގެ ދެވަނަ ބުރުގައި އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން ހަރަކާތްތެރިވެފައިވާތީ އާއި އެކު ނުނިމޭ ބައެއް މަސައްކަތްތައް ހުރުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަންގެ ހުށަހެޅުމަކަށް ކަމަށެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން މިއަދަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް ސޯލިހް ވަނީ ނިންމަވާފަ އެެވެ.