ޗައިނާ

ޗައިނާގެ ރައީސްގެ ތަހުނިޔާގެ މެސެޖެއް މުއިއްޒަށް

ޗައިނާގެ ރައީސް ޝީ ޖިންޕިން، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ޗައިނާގެ ރައީސްގެ މެސެޖުގައި ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައިވާ ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ ވެސް އުފެދިފައިވާ އޮތް ގުޅުމެއް ކަމަށެވެ.

ހަމަ އެހެންމެ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ހާއްސަ އަހަންމިައްޔަތު ކަމެއް ދީގެން ދެ ގައުމުގެ ކުރިއެރުމަށްޓަކައި ދެގައުމު އެކުގައި މަސައްކަތް ކުރުމަށްވެސް ޗައިނާގެ ރައީސް އެދިވަޑައިގެންފައިވެ އެވެ.

ސައުދީ ރަސްގެފާނާއި ވަލީއަހުދުގެ އިތުރުން ސްރީލަންކާގެ ރައީސް އަދި އިންޑިއާގެ ބޮޑުވަޒީރާއި އެހެން ބައެއް އެހެން ގައުމުތަކުގެ އިސްވެރިންވެސް ވަނީ މުއިއްޒަށް ތަހުނިޔާ ފޮނުއްވާފަ އެވެ.