ފިނިޕޭޖް

ޖޯޑީ ވަރިވާން އެދިއްޖެ

އެކްޓަރު ޖޯޝުއާ ޖެކްސަން (45 އ)ގެ އަންހެނުން -- އެކްޓްރެސް ޖޯޑީ ޓާނާ-ސްމިތް (37 އ) ވަރިވާން އެދިއްޖެ އެވެ.

ޖޯޝުއާ އާއި ޖޯޑީގެ ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ކައިވެންޏަށް ތިން އަހަރުގެ އަންހެން ކުއްޖެއް ލިބިފައިވެ އެވެ.

ޕީޕަލް އިން ބުނާ ގޮތުގައި ޖޯޑީ ވަރިވާން އެދުނީ ލޮސް އެންޖެލަސް ސުޕީރިއާ ކޯޓު ގައެވެ.

ވަކިވި ތާރީހު ކަމަށް ސެޕްޓެމްބަރު 13 ލިޔެ، ވަރިވާން އެދޭ ސަބަބަކަށް ޖޯޑީ ބަޔާންކޮށްފައިވަނީ "ރަނގަޅު ނުކުރެވޭވަރަށް ގުޅުން ރޫޅިފައިވާ" ކަމަށެވެ. އަދި ޖޯޑީ ވަނީ ދަރިފުޅުގެ ބެލެނިވެރިކަން ޖޯޝުއާ އާއެކު ދެމީހުން ހިއްސާވާ ގޮތަށް ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.

ދެމީހުން ދާދި ފަހަކާ ޖެހެންދެން އެއްކޮށް އިވެންޓްތަކުގައި ފެނިފައިވެ އެވެ. އަދި މިދިޔަ މަހު ޖޯޑީގެ އުފަންދުވަސް ފާހަގަކުރަނިކޮށްވެސް ފެނިފައިވެ އެވެ. އެކަމަކު އޭގެ ފަހުން މިލާން ފެޝަން ވީކް އާއި ދަ އަލްބީޒްގައި ޖޯޑީ ފެނިފައިވަނީ ގިނިކަންޏާ އެވެ.

ޖޯޝުއާ އާއި ޖޯޑީ ދިމާވީ 2018 ގައި ލަވަ ކިޔުންތެރިޔާ އަޝާގެ އުފަން ދުވަހުގެ ޕާޓީ ގައެވެ.

ޖޯޑީ ބުނީ އޭނާއަށް ޖޯޝުއާގެ "ޑޯސަންސް ކްރީކް" ދުވަސް ވަރުން ފަށައިގެންވެސް ވަރަށް ގަޔާވާ ކަމަށެވެ. މިދެ މީހުން ކައިވެނި ކުރީ ޑިސެމްބަރު 2019 ގައެވެ.