ފިނިޕޭޖް

ޑްރޭކްގެ ކޮންސަޓަކަށް ދިޔަ މީހަކަށް 50،000 ޑޮަލަރު

ރެޕާ ޑްރޭކް އަކީ ދީލަތި މީހެކެވެ. އޭނާގެ ކޮންސަޓްތަކަށް ދާ އަންހެން ކުދިންނަށް އަގު ބޮޑެތި ދަބަސް ފަދަ ހަދިޔާ ދޭ މީހެކެވެ. އެގޮތުން ދާދި ފަހުން ބާކިން ބޭގެއް ވެސް ދީފައިވެ އެވެ. އެހެންނަމަވެސް މިފަހަރު ޑްރޭކްގެ ދީލަތިކަން ތަޖުރިބާކުރީ އޭނާގެ ސަމާލުކަން ހޯދި ފިރިހެނެކެވެ.

ޑްރޭކްގެ ޝޯ ކުރިއަށް ދިޔައިރު އޭނާ އަށް ފެނުނީ ތަފާތު ސައިންއެއް ހިފަހައްޓައިގެން ހުރި ފޭނެކެވެ. އޭގައި ލިޔެފައިވަނީ "ރައްކާކޮށްފައިހުރި ހުރިހާ ފައިސާ ހަރަދުކޮށްގެން ދެ ޓިކެޓް ކުރީގެ ލޯބިވެރިޔާއަށް ގަތިން، އަޅާނުލާ، އެއީ އޭނައަށް ގެއްލޭ ކަމެއް،" އެވެ.

ޑްރޭކްއަށް އެ ސައިން ކަމުދާ ކަމަށް ބުނެ، އެ ފިރިހެން މީހާ ގާތު އެ އަންހެން ކުއްޖާ ޝޯއަށް އައިތޯ ސުވާލު ކުރި އެވެ. އަދި ނާންނަ ކަމަށް ބުނުމުން، ޑްރޭކް ވަނީ އޭނާގެ ޝޯއަށް އޭނާ ނައީ، އެ އަންހެނާ އަކީ ކިހިނެތްވެފައި ހުރި މީހެއް ވެގެންތޯ ސުވާލުކޮށްފަ އެވެ. އަދި އައިނަކާއި ރަން ފަށަކާއެކުގައި ސްޓައިލްގައި އެކަނި އައީތޯ ސުވާލު ކުރި އެވެ. އެހެން ބުނެ ފޯރި އަރުވަން ފެށުމުން، ވަށައިގެން ތިބި މީހުން އެ އަންހެން މީހާއާ ގުޅިގެން ހަޑިހުތުރު ބަހުން މުހާތަބްކުރަން ހެދީމަ އެހާ އެގްރެސިވް ނުވާން ބުންޏެވެ.

މިއީ އެ ފިރިހެން މީހާގެ ރެއެއް ކަމަށާއި މަޖާކޮށްލަން ބުނެ، އޭނާ އަށް 50،000 ޑޮލަރު ދޭނެ ކަމަށާއި އެ އަންހެން މީހާ ދެރަކޮށްލައި، އޭނާ ދޫކޮށްލީތީ ހިތާމަކުރުވަން ބުންޏެވެ.