ފިނިޕޭޖް

އާންޔާ ޓޭލާ-ޖޯއި ކައިވެނިކޮށްފި

އާންޔާ ޓޭލާ-ޖޯއިގެ އާދަޔާ ހިލާފު ޑިއޯ ވެޑިން ޑްރެސް
0%
0%
0%

"ކުއީންސް ގެމްބިޓް" އާއި "ދަ މެނިއު"ގެ ތަރި އާންޔާ ޓޭލާ-ޖޯއި (27 އ) ކައިވެނިކޮށްފި އެވެ.

އާންޔާ އޭނާގެ ލޯބިވެރިޔާ އަދި މިއުޒިޝަން މެލްކަމް މެކްރޭ (29 އ)އާ ކައިވެނިކުރީ އިޓަލީގެ ވެނިސްގައި ހުންނަ އާސާރީ ޕަލަޓްޒޯ ޕިސާނީ މޮރެޓާ ގައެވެ. ކައިވެނީގެ ހަފްލާތައް މިދިޔަ ހަފްތާ ބަންދުގައި ދެ ދުވަހަށް ދެމިގެން ދިޔަ އެވެ.

އާންޔާ އަދި މެލްކަމްގެ ކައިވެނީގެ ހަފްލާއަށް ދިޔަ 150 މެހެމާނުންގެ ތެރޭގައި ކާރާ ޑެލަވީން، ޖޫލިއާ ގާނާ، ނިކޮލަސް ހޯލްޓް އާއި ލޯބިވެރިޔާ ބްރިޔާނާ ހޮލީ، މައިލްސް ޓެލާ، ކެލީ ސްޕެރީ، އެވަން ރޮސް ފަދަ ތަރިން ހިމެނެ އެވެ.

އާންޔާ ޓޭލާ-ޖޯއި އާއި ފިރިމީހާ މެލްކަމް މެކްރޭ

އާންޔާ ކައިވެނިކުރިއިރު ލައިގެން ހުރީ ހުދު ވެޑިން ޑްރެސް އެއްގެ ބަދަލުގައި އާދަޔާ ހިލާފު އަދި އެވޯޑް ސެރެމަނީ އަކަށް ދާން ލާ ޒާތުގެ ރީތި ކްރިސްޓިއަން ޑިއޯ ކަސްޓަމް ޕްރިންސަސް ގައުން އެކެވެ.

މަޑު މުށިކުލައިގެ މި ގައުންގައި ހަމިން ބާޑްއައި މަލުން ފޮނިބޯން އުޅޭތަން ފަށުވިން ޖަހާފައިވީއިރު، ގަސްގަހުގެ ގޮފިތައްވެސް ވިދާ ފަށުވިން ޖަހާފައިވެ އެވެ. އާންޔާ އަކީ ޑިއޯގެ ގްލޯބަލް ބްރެންޑް އެމްބެސެޑާ އެކެވެ.

މި ގައުންއާ އެކު ހުޅި ޖަހާފައިވާ އިސްތަށިގަނޑުގައި ވޭލްއެއް އަޅައިގެން އާންޔާ ޕަލަޓްޒޯ ޕިސާނީ މޮރެޓާގެ ބެލްކަނީގައި ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް ޑެއިލީ މެއިލް އިން ވަނީ ޝާއިއުކޮށްފަ އެވެ.

އާންޔާ އާއި މެލްކަމް ލޯބީގެ ގޮތުން ގުޅުނީ 2021 ގައެވެ. މި ދެމަފިރިންނަކީ އެމީހުންގެ ލޯބީގެ ވާހަކަ އަދި ޒާތީ ކަންކަން ހާމަކުރަން ބޭނުން ނުވާ ދެމަފިރިންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910