ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންނާ ގުޅޭ މުހިއްމު އުސޫލަކަށް އަމަލުކުރަން ފަށައިިފި އެވެ.
މިއީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އުސޫލުކެވެ.
މިއުސޫލުގައި ވަނީ ކުންފުނިތަކުގެ ޑިރެކްޓަރުން އަމަލުކުރަންވީ ސުލޫކީ މިންގަނޑާއި ޑިރެކްޓަރުންނާ ގުޅޭގޮތުން ޝަކުވާ ހުށަހަޅާނެ ގޮތާއި ފިޔަވަޅު އެޅުމުގައި އަމަލުކުރަމުންދާނެ ގޮތްތައް ހިމަނާފަ އެވެ.
ކުންފުނިތައް ރެގިއުލޭޓް ކުރާ ފަރާތުގެ ހައިސިއްޔަތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިހާރު ވަނީ މިއުސޫލާ އެއްގޮތަށް އަމަލުކުރުމަށް ކުންފުނިތަކަށް އަންގާފަ އެވެ.
މިއުސޫލަކީ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ނަޒާހަތްތެރިން އިތުރުކޮށް ޖަވާބުދާރީ ކުރުވުން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.