ސިނަ މާލެ ބްރިޖް

ހައިވޭގައި އުޅަނދުތައް ތޮއްޖެހި ހުއްޓުމަކަށް

ހުޅުލެ ހުޅުމާލެ ހައިވޭ ބްރިޖުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ހައިވޭ އާއި ސިނަމާލެ ބްރިޖުގައި އުޅަނދުތައް ތޮއްޖެހި އާންމުންނަށް ބޮޑެތި ތަކްލީފްތަކަކާ ކުރިމަތިވެއްޖެ އެވެ.

ހަވީރު 5:30 އިން ފެށިގެން ސިނަމާލެ ބްރިޖާއި ހައިވޭ ތޮއްޖެހުނު ގޮތަށް އަދިވެސް މުޅިން އެ ސަރަހައްދު ސާފުކޮށްލެވިފައެއް ނުވެ އެވެ.

ސިނަމާލެ ބްރިޖާއި ހައިވޭ ތޮއްޖެހުނީ ހަތަރު ކާރު ޖެހިގެން ހިނގި އެކްސިޑެންޓަކަށްފަހު އެ ސަރަހައްދު ސާފުކޮށްނުލެވިގެންނެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި ގިނަ ބަޔަކު ތާށިވެ ގަޑިއެއްގެ އިރަށް ވުރެ ގިނަ ވެގެން ދިޔައިރު ބައެއް އުޅަނދުތަކުގައި ކުޑަކުދިންވެސް އެބަތިއްބެވެ.

ހައިވޭ ސާފުކޮށްލުން ލަސްވާތީ އުޅަނދުތަކުގައި ތިބި މީހުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.