ފިޗް ޜޭޓިން

ފިޗުން ރާއްޖޭގެ "ބީ މައިނަސް" ރޭޓިން ދަމަހައްޓައިފި

ދުނިޔޭގެ އެންމެ މަޝްހޫރު ކްރެޑިޓް ރޭޓިން ކުންފުނި -- ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދީފައިވާ "ބީ މައިނަސް" ރޭޓިން އެގޮތުގައި ދަމަހައްޓައިފި އެވެ.

ރާއްޖޭގެ ރޭޓިން "ބީ މައިނަސް" ގައި ދަމަހައްޓާފައިވާއިރު މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދަރަނި އިތުރުވުމެވެ.

މީގެ އިތުރުން ދައުލަތުގެ ހަރަދުތަކަށް ފައިސާ ލިބުމުގައި ހުރި ދަތިތައް ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެއަށް ބޭރު ފައިސާގެ ދަތިކަން ހުރި ނަމަވެސް އިގުތިސޯދަށް މިއަހަރު ރަނގަޅު ބަދަލު އަންނާނެ ކަމަށް ފިޗުން ވަނީ ލަފާކޮށްފަ އެވެ.

ރާއްޖެއިން 2025 އަދި 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހޭއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރު މަދުކަން ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ހަރަދުތައް ކުޑަ ނުކުރެވޭކަން ފިޗުން ފާހަގަކޮށްފައިވެ އެވެ.

ކަންމިހެން ހުރި ނަމަވެސް ފިޗުން ލަފާކޮށްފައިވާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރާ އޭގެ ރަނގަޅު އަސަރު އިގުތިސޯދަށް ކުރާނެ އެވެ.