މޯލްޑިވްސް ޕޮލިސް ސާވިސް

ވަގު ޑޮލަރު ގެންގުޅުނު މީހަކު ހޯދަނީ

ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަން ބޭނުންވާ މީހާގެ ފިހާރައެއްގައި ހުއްޓާ ފެންނަ ސީސީޓީވީ ފުޓޭޖެއް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

މި މީހާ އަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ސައްހަ ނޫން ޑޮލަރު ބޭނުުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު މި މީހާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އަދި ހޯދިފައި ނުވާ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ މިމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފަ އެވެ.