މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޖޭއެސްގެ ޕްރިންސިޕަލަކަށް ޝީތާ

ޖަމާލުއްދީން ސްކޫލް (ޖޭއެސް)ގެ ޕްރިންސިޕަލްގެ މަގާމަށް އައިޝަތު ޝީތާ ހަމަޖައްސައިފި އެވެ.

ޝީތާ އެންމެ ފަހުން ހުންނެވީ ޖަމާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ގައެވެ.

މީގެ 12 އަހަރު ކުރިން ޖަމާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް ހަމަޖައްސާފައި ހުންނެވި ޝީތާ ޑިގްރީ ހާސިލްކުރައްވާފައިވަނީ ޓީޗިން ދާއިރާ އިންނެވެ. އަދި މާސްޓާސް ހާސިލްކުރައްވާފައވަނީ އެޑިޔުކޭޝަން ދާއިރާ އިންނެވެ.

ތައުލީމީ ދާއިރާގައި 27 އަހަރު ހިދުމަތް ކުރައްވާފައިވާ ޝީތާ ޖަމާލުއްދީން ސްކޫލުގެ އެންމެ އިސް މަގާމަށް ހަމަޖެއްސީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ބަދަލު އައިސްފައި މިވަނީ 18 އަހަރު ވަންދެން އެ މަގާމުގައި ހުންނެވި ހަސަން މުހައްމަދު މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.