ބޭންކް އޮފް މޯލްޑިވްސް

"ޕިންކް ރިބަން ރަން ވޯކް" އަންނަ ހޮނިހިރު ދުވަހު

Oct 10, 2023

ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް -- ސީއެސްއެމްގެ ފަރާތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހު ބާއްވާ "ޕިންކް ރިބަން ރަން ވޯކް" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

ސީއެސްއެމް އާއި ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލްއާ ގުޅިގެން ބާއްވާ މި ހަރަކާތް ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ.

މި ހަރަކާތް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއް ވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ދުވުމުގައި ބޭނުންކުރާ ބިބް މާލޭން ލިބެން ހުންނާނީ ސޮނީ ސްޕޯރޓްސް ލައިފް ސްޓައިލް (މަޖީދީމަގު)، ހަމީދިއްޔާ (ބޮޑުތަކުރުފާނު މަގު)، ސޮނީ ސްޕޯޓްސް އައުޓްލެޓް ސްޓޯރް (ހުޅުމާލެ) އިންނެވެ.

މީގެ އިތުރުން މި ހަރަކާތް އޮންނަ ރަށްތަކުން ވެސް ބިބް ގަންނަން ލިބެން ހުންނާނެ އެވެ.

ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން "ޕިންކް ރިބަން ރަން ވޯކް" ބޭއްވުމަށާއި އަދި ކެންސާ ސްކްރީނިން ފަދަ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކަށް އެހީތެރިވަމުންނެވެ.