އައްޑޫ ސިޓީ

މެލޭޝިއާގައި އިމާރާތަކުން ވެއްޓުނު ދިވެއްސަކު މަރުވެއްޖެ

މެލޭޝިއާގައި އުސް އިމާރާތަކުން ވެއްޓުނު ދިވެއްސަކު މަރުވެއްޖެ އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި މަރުވީ އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ މީހެކެވެ.

މިހާދިސާ ހިނގާފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރްގައި ރާއްޖޭގެ ގަޑިން މިއަދު ހަވީރު 4:00 ހާއިރު އެެވެ.

އުމުރުން 22 އަހަރުގެ ޒުވާނާ ވެއްޓުނީ އިމާރާތުގެ 14 ވަނަ ފަންގިފިލާ އިން ކަމަށް މައުލޫމާތު ލިބެ އެވެ.

މެލޭޝިއާގައި ކިޔަވަމުން ދިޔަ ޒުވާނާ ވެއްޓެން ދިމާވި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.