ރައްޔިތުންގެ މަޖިލިސް

އިންތިގާލީ މަރުހަލާގައި ކުންފުނިތައް ހިންގަން ދަތިވާ މައްސަލަ މަޖިލީހަށް

މިއަދު ބޭއްވި މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް
0%
0%
0%

އިންތިގާލީ މަރުހަލާގައި ސަރުކާރު ހިއްސާވާ ކުންފުނިތައް -- ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ)ތައް ހިންގަން ދަތިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަން ފަށައިފި އެވެ.

އިންތިގާލީ މަރުހަލާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައެއް ކަންކަން ނުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އެދިވަޑައިގެންފައިވާއިރު އެކަމުގެ ސަބަބުން ބައެއް ކުންފުނިތައް ހިންގަން ދަތިވާކަމުގެ ޝަކުވާ އެސްއޯއީ ކޮމިޓީއަށް ހުށަހެޅީ ކުންފުނިތަކުގެ ވެރިންނާއި މަޖިލީހުގެ ބައެއް މެންބަރުންގެ ފަރާތުންނެވެ.

އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ އިންތިގާލީ މަރުހަލާގައި ބައެއް ކަންކަން ނުކުރަން އަންގާފައިވާތީ ކުންފުނިތަކުގެ މެނޭޖްމަންޓުގެ އެންގުންތަކަށް މުވައްޒަފުން ބޯނުލަނބާ މައްސަލަ ފާހަގަކުރެވެމުންދާ ކަމަށެވެ.

"ކުންފުނިތަކުގެ މިޑްލް މެނޭޖްމަންޓް ލެވަލް ހިސާބުގައި ތިބި މުވައްޒަފުން މެނޭޖްމަންޓޫން އަންގާ އެންގުންތަކަށް ކަންކަން ކުރަން ފަސް ޖެހޭ،" ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިގާލީ މަރުހަލާގައި ކުންފުނިތަކުން ކުންފުނިތަކުން އާ ކަމެއް ނުފެށުމާއި އާ މުވައްޒަފުން ނުނެގުމަށް ވަނީ އަންގާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345