މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހެއްގެ އަނގަމަތި ފަޅާލި މީހަކު ދެ އަހަރަށް ޖަލަށް

ފުލުހަކަށް ހަމަލާދީ އަނގަމަތި ފަޅާލި މީހަކު ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ނ. ހޮޅުދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އާދަމް ޝަރީފް ބެއްލެވި މައްސަލައިގައި ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ހޮޅުދޫ، ނަސީމީވިލާ، އަލީ ނިޒާމު އެވެ.

ހުކުމްގައިވާ ގޮތުން މިއަހަރުގެ ކުރީކޮޅު ހިނގި މިހާދިސާގައި ނިޒާމު ވަނީ ފުލުސް މީހާގެ ކަރުގައި ހިފައި މާރާމާރީ ހިންގުމަށްފަހު އަނގަމަތި ފަޅާލާފަ އެވެ.

ނިޒާމު ވަނީ ދެ ފުލުހަކަށް ހަމަލާދީފަ އެވެ. ފުލުހުން ދެކެ ނިޒާމު ހިތްހަމަނުޖެހުނީ އޭނާ ދިރިއުޅޭ ގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދޭ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުން އެ ގެއަށް ދިއުމުންނެވެ.

ދައުލަތުން ނިޒާމުގެ މައްޗަށް ކުރި ދައުވާ -- އަނިޔާއެއް ދިނުމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެ ލުއި އަދަބެއް ދިނުމަށް ގާޒީގެ ކިބައިން އެދިފަ އެެވެ. ގާޒީ ނިންމެވީ އޭނާ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށެވެ.