ފިނިޕޭޖް

ރާއްޖޭގެ ޖާދޫގަރުންގެ ޖަމިއްޔާ ރަޖިސްޓްރީކޮށްފި

މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަން ރަޖިސްޓްރީކޮށްފި އެވެ.

މިޖަމިއްޔާގެ މަގުސަދަކީ ރާއްޖޭގައި ޖާދޫގަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި ޖާދޫ ހެދުމަށް ޝައުގުވެރިވާ ކުދިންނަށް އެކަން ދަސްކޮށްދީ މި ހުނަރު ފުޅާކުުރުމެވެ.

މިޖަމިއްޔާގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި މިއަހަރުގެ ޑިސެމްބަރުގެ ތެރޭގައި "މޯލްޑިވްސް އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލް"ގެ ނަމުގައި ފެސްޓިވަލެއް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މިޖަމިއްޔާގެ މެންބަރުންނަށް ވެވެނީ އާންމު މެންބަރެއްގެ ގޮތުގައިނަމަ އަހަރަކަށް 100 ރުފިޔާ އަދި ޕްރޮފެޝަނަލް ކެޓަަގަރީއަށް އަހަރަކަށް 500 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.