ޔޫތު މިނިސްޓްރީ

ޒުވާނުންގެ އެވޯޑް ކެންސަލްކޮށްފި

މިއަހަރުގެ ޒުވާނުންގެ އެވޯޑް ކެންސަލް ކޮށްފި އެވެ.

ޔޫތު މިނިސްޓްރީން ބުނި ގޮތުގައި ޒުވާނުންގެ އެވޯޑް ކެންސަލް ކުރީ އެކަށިގެންވާ އަދަދަކަށް ޒުވާނުން ކުރިމަތިލާފައި ނުވާތީ ކަމަށެވެ.

ޒުވާނުންގެ އެވޯޑް ދެނީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ރާއްޖޭގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.