އދ. ދިއްދޫ

ދިއްދޫ ނެރުމައްޗަށް ލޯންޗެއް އުރި ބަޔަކަށް އަނިޔާވެއްޖެ

ހއ. ދިއްދޫއަށް 10 މީހުންނާ އެކު ދަތުރުކުރި ލޯންޗެއް އެރަށު ނެރު މައްޗަށް އުރި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ދިއްދޫ އަށް މިރޭ 7:30 ހާއިރު ދަތުރުކުރި ލޯންޗަކީ ހއ. ވަށަފަރުން ފުރައިގެން އެރަށަށް ދިޔަ ލޯންޗެކެވެ.

ލޯންޗުގައި ދަތުރުކުރި އެންމެންނަކީ ވެސް ވަށަފަރު މީހުން ކަމަށް އެނގިފައިވެ އެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި މީހުން ދިއްދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.

އަނިޔާވި މީހުންގެ ތެރެއިން އެކަކު އަދިވެސް ހޭއަރާފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.