މަރު

ދިއްދޫގައި މޫދަށް އެރި އުޅުނު ދިވެއްސަކު މަރުވެއްޖެ

Sep 17, 2020

ހއ. ދިއްދޫގައި މޫދަށް އެރި އުޅުނު ދިވެއްސަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ރަށުގެ ދެކުނު ފަރާތު އަތިރިމަތީ ރާޅުޖަހާ ހިސާބުގައި ހަރަކާތްނެތި ހަބަރު ހުސްވެފައިވާ މީހަކު އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދު އިރުއޮއްސުނު ވަގުތު ކަމަށެވެ. އެމީހާ ފުލުހުންގެ އެހީތެރިކަމުގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަަރުވެފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

މަރުވެފައިވަނީ 59 އަހަރު ފިރިހެނެކެވެ. މަރުވެފައިވަނީ ދިއްދޫއަށް ނިސްބަތްވާ ބަކުރު ކިޔާ މީހެކެވެ.