އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި އަންގާރަ ދުވަހު ނިއުއާ ދެކޮޅަށް ކުޅެން ސިންގަޕޫރުގެ ބެލަސްޓިއާ އެފްސީ މިއަދު މާލެ އަތުވެއްޖެ އެވެ.
މިއަދު މެންދުރު މާލެ އައި ޓީމަކީ ސިންގަޕޫރު ލީގުގައި މިވަގުތު ނުވަ ވަނާގައި އޮތް ޓީމެވެ. ނަމަވެސް އެ ޓީމު ވަނީ މިދިޔަ އަހަރުގެ ސިންގަޕޫރު ލީގުގެ ހަތަރު ވަނަ މަގާމުގައ ހޯދައި ސިންގަޕޫރު އެފްއޭކަޕުގެ ކުއާޓާ ފައިނަލް ކުޅެފަ އެވެ.
މި ޓީމުގައި ސާބިއާގެ ޑިފެންޑަރަކާއި ފޯވަޑަކު ހިމެނެ އެވެ. މީގެ އިތުރުން ސިންގަޕޫރުގެ ކީޕަރު ޒައިފުލް ނިޒާމަކީ ސިންގަޕޫރުގެ ގައުމީ ޓީމުގެ ވެސް ކީޕަރެވެ.
މި ޓީމު ވަނީ އޭއެފްސީ ކަޕުގައި މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ވާދަކޮށްފަ އެވެ. އެ ޓީމު މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ބެލަސްޓިއާ ހިމެނޭ ގްރޫޕް އެފްގައި ދެން ހިމެނެނީ ހޮންކޮންގެ ކިޗީ އާއި ފިލިޕީންސްގެ ކާޔާ އެފްސީ އެވެ.