އުރީދޫ

އުރީދޫއިން "ޑިވައިސް ފްލޭޝް ސޭލް"ގެ ނަމުގައި ޕްރޮމޯޝަނެއް

އޮންލައިންކޮށް ވިޔަފާރި ކުރެވޭ މޫލީ ޕްލެޓްފޯމް އިން "ޑިވައިސް ފްލޭޝް ސޭލް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން މަގުބޫލު ބްރޭންޑްތަކުގެ ސްމާޓްފޯނާއި، އެކްސެސަރީޒް، ޑިސްކައުންޓާ އެކު ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަނެވޭނެ އެވެ.

މި ޕްރޮމޯޝަންގައި އެޕަލް މެގްސޭފް ޗާޖަ، އައިޕެޑް، މެކްބުކް ޕްރޯ، އައިފޯން 13، 12 އަދި 11ގެ ޕްރޯ މެކްސް، އައިފޯން އެކްސް އެސްގެ އިތުރުން ސެމްސަންގްގެ މަގުބޫލު ފޯނުތައް ގަނެވޭނެ އެވެ.

ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް ހަތް ޕަސަންޓުގެ ޑިސްކައުންޓާ އެކު މޫލީ ވެބްސައިޓް މެދުވެރިކޮށް މިހާރު ގަނެވޭނެ އެވެ. މޫލީ މެދުވެރިކޮށް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް މުޅިން ހިލޭ ޑެލިވަވެސް ކޮށްދޭ އެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުބާރު ހިފޭ ކޮލިޓީ ޕްރޮޑަކްޓް ހެޔޮ އަގުގައި ކޮންމެ ތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު ވިޔަފާރިކޮށްލެވޭނެ ފުރިހަމަ ޕްލެޓްފޯމެއް ކަމަށް މޫލީ ހިންގާ އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

ފުޅާވަމުން އަންނަ އޮންލައިންކޮށް ވިޔަފާރިކުރެވޭ މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން ތަޖުރިބާ އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން އޮންލައިން ޕޭމަންޓާއި އީޒީ ރިޓާންސް މޫލީއިން ފޯރުކޮށްދެ އެވެ.

މި ޕްލެޓްފޯމްގެ ހާއްސަ އަނެއް ކަމަކީ ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް ފަސޭހަކަމާއި އެކު ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ޑެލިވަރީ ހިދުމަތް ލިބުމެވެ.

މި ހިދުމަތްތަކާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. ވިޔަފާރި އޮންލައިންކޮށް އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިން ވަނީ އެ ފުރުސަތުވެސް ހުޅުވާލާފަ އެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު މި ޕްލެޓްފޯމް އޮތީ ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނަށް ކުރިއަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.