ފިނިޕޭޖް

ބްރީ ލާސަންގެ "ލެސަންސް އިން ކެމިސްޓްރީ" ދައްކަނީ

"ލެސަންސް އިން ކެމިސްޓްރީ"ގެ ޕޯސްޓަރެއް
0%
0%
0%

އެކަޑަމީ އެވޯޑް ލިބިފައިވާ ބްރީ ލާސަންގެ އާ މިނީ ސީރީޒެއް މިދިޔަ ހުކުރު ދުވަހު ދައްކަން ފަށައިފި އެވެ.

މި މިނީ ސީރީޒް -- "ލެސަންސް އިން ކެމިސްޓްރީ" ބިނާކޮށްފައިވަނީ ބޮނީ ގާމަސްގެ އެ ނަން ކިޔާ ވާހަކަ އަށެވެ.

"ލެސަންސް އިން ކެމިސްޓްރީ" އަކީ 1960ގެ އަހަރުތަކުގައި ދިރިއުޅުނު އެލިޒަބަތް ޒޮޓް ކިޔާ ލެބް ޓެކްނިޝަނެއްގެ ވާހަކަ އެވެ.

އޭނާގެ ވަޒީފާ ގެއްލުމުން، ޓީވީގެ ކައްކާ ޝޯއެއްގައި ކެއްކުން ދަސްކޮށްދިނުމަށް ލިބުނު ވަޒީފާ މެދުވެރިކޮށް އެލިޒަބަތު އަންހެން ބެލުންތެރިންނަށް ކެއްކުމުގެ އިތުރުން ސައިންސާ ގުޅުންހުރި ދާއިރާތަކުގެ މައުލޫމާތު ގެނެސްދޭން ފެށި އެވެ.

ހާއްސަކޮށް އެޒަމާނުގައި އަންހެން މަސައްކަތްތެރިންނަށް ކުރިއަރަން އަދި އިންސާފުވެރިކަމާއެކު މުސާރަ އާއި ފުރުސަތުތައް ލިބުން ވަރަށް ހަނިވި އެވެ.

މި މިނީ ސީރީޒްގައި އެލިޒަބަތްުގެ ރޯލް އަދާކުރަނީ ބްރީ ލާސަން އެވެ. އިތުރު ތަރިން ތެރޭގައި ލުއިސް ޕުލްމަން، އޭޖާ ނެއޯމީ ކިންގް، ސްޓެފަނީ ކޯނިގް އަދި ޕެޓްރިކް ވޯކާ ހިމެނެ އެވެ.

"ލެސަންސް އިން ކެމިސްޓްރީ"ގެ އަށް އެޕިސޯޑްގެ ފުރަތަމަ ދެ އެޕިސޯޑް ރިލީޒްކުރީ އެއްފަހަރާ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ފަހުން ކޮންމެ ހުކުރު ދުވަހަކު އެޕިސޯޑެއް ރިލީޒްކުރާނެ އެވެ.

ބްރީގެ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ދެން ރިލީޒްކުރާނީ "ދަ މާވެލްސް" އެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު 23 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910