ކްރިމިނަލް ކޯޓް

ވައްކަން ކޮށްގެން ކޯޓަށް ހާޒިރުކުރުމުން ވާހަކަ ނުދެއްކޭ މީހަކަށް ހެދިއްޖެ

ވައްކަމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރި މީހަކު ވާހަކަ ނުދެއްކޭ މީހަކަށް ހެދިއްޖެ އެވެ.

އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކު ވައްކަމުގެ މައްސަލައެއްގައި މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެއްވެސް ވާހަކައެއް ނުދެއްކި ކަމަށާއި އަޑުއިވޭ ކަމަށްވެސް ނުހެދި ކަމަށް ކޯޓުން ނެރުނު އަމުރުގައިވެ އެވެ.

ފުލުހުން ވަނީ އޭނާ ބަންދުގައި ބަހައްޓަން ބޭނުންވާ ވަރަށް ހެކި ހުށަހަޅާފަ އެވެ.

ޑިއުޓީގައި ހުރި އޮފިސަރު ވަނީ މި މީހާ އަކީ އަޑުއިވޭ އަދި ވާހަކަދެއްކޭ މީހެއް ކަމަށް ކޯޓުގައި ބުނެފަ އެވެ.

ވައްކަމުގެ ކުށުގެ ރެކޯޑްތަކެއް އޮންނަ މި މީހާ ކޯޓުގައި ވާހަކަ ނުދެއްކި ނަމަވެސް ކޯޓުން ވަނީ މި މީހާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.