ފިނިޕޭޖް

"ސްޓާ ވޯޒް"ގެ ފައިޓާ ޖެޓް މޮޑެލްއެއް 3.1 މިލިއަނަށް ވިކިއްޖެ

ކާމިޔާބު ސީރީޒްއެއް ކަމަށްވާ "ސްޓާ ވޯޒް" ފްރެންޗައިޒްގައި ބޭނުންކުރި ފައިޓާ ޖެޓް މޮޑެލް 3.14 މިލިއަން ޑޮލަރަށް ނީލަމުގައި ވިކިއްޖެ އެވެ.

އިންޑަސްޓްރިއަލް ލައިޓް އެންޑް މެޖިކް އިން ހެދި 20 އިންޗީގެ ×- ވިންގް ސްޓާފައިޓާ ޖެޓް ބޭނުންކޮށްފައިވަނީ 1977 ގައި ރިލީޒްކުރި ސްޓާ ވޯޒްގެ ހަތަރުވަނަ ފިލްމް "ސްޓާ ވޯޒް: އަ ނިއު ހޯޕް"ގެ ކްލައިމެކްސްގައި ހިނގި ސްޕޭސް ބެޓަލް ގައެވެ.

މިޖެޓަކީ އެކަޑަމީ އެވޯޑް ނޮމިނޭޝަން ލިބިފައިވާ ގްރެގް ޖެއިންގެ ކަލެކްޝަންގެ ބައެކެވެ. މި މޮޑެލް އެތައް އަހަރެއް ވަންދެން ގެއްލިފައިވަނިކޮށް ފެނުނީ ޖެއިންގެ ގަރާޖުގައި ބައްހައްޓާފައި ހުރި ފޮށިގަނޑަކުންނެވެ. މި ސެޓްގައި ހަތަރު މޮޑެލް ހިމެނެ އެވެ.

މިފަދަ މޮޑެލްތައް އާންމުކޮށް ބޭނުންކުރަނީ ކައިން ޝޫޓްކުރާ ސީންތަކުގައެވެ.

ޑެލާސްގެ ހެރިޓޭޖް އޮކްޝަން އިން ބުނީ މިއީ މިހާތަނަށް "ސްޓާ ވޯޒް"ގެ ސްކްރީންގައި ބޭނުންކުރި ޕްރޮޕްއެއް ވިކުނު އެންމެ ބޮޑު އަގު ކަމަށެވެ.

"ސްޓާ ވޯޒް: އަ ނިއު ހޯޕް" ގައި ސީ-3ޕީއޯގެ ރޯލް އަދާކުރި އެންތަނީ ޑެނިއަލްސްގެ ކޮސްޓިއުމްގެ ދިއްލޭ ބޯ ވެސް އަންނަ މަހު ނީލަން ކިޔާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. މި ބޯ ވިއްކޭނެ ކަމަށް އަންދާޒާކޮށްފައިވާ އަގަކީ 600،000 އާއި 1.2 މިލިއަން ޑޮލަރުގެ ދެމެދުގެ އަގެއްގައެވެ.