ފިނޭންސް މިނިސްޓްރީ

އިންޑިއާގެ އިތުރު ކުންފުނިތަކެއްގެ މަޝްރޫއުތަކަކުން ޓެކްސް އިސްތިސްނާކޮށްފި

އިންޑިއާގެ އެގްޒިމް ބޭންކުން ފައިސާ ދީގެން ހިންގާ އިތުރު މަޝްރޫއުތަކެއް، އާމްދަނީން ނަގާ ޓެކްސްއިން އިސްތިނާވާ ކަމަށް ކަނޑައަޅައިފި އެވެ.

މިފަދަ އިސްތިސްނާއެއް ކޮށްފައި މިވަނީ އާމްދަނީ އިން ޓެކްސް ދެއްކުމުން އިސްތިސްނާ ކުރެވޭ ފަރާތްތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

އާމްދަނީ އިން ޓެކްސް ދެއްކުމުން އިސްތިސްނާ ކުރެވޭ ފަރާތްތަކެއް ރައީސް ކަނޑައެޅުއްވުމުން އެ ދަފުތަރު ބަލަހައްޓާ އާންމުކުރުމުގެ ބާރު ލިބިގެންވަނީ ފިނޭންސް މިނިސްޓްރީ އަށެވެ.

އިސްތިސްނާ ބައެއް ކުރި މަޝްރޫއުތައް

  • ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު
  • ފެލިވަރު އެކްސްޕެންޝަން މަޝްރޫއު
  • އައްޑޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު

މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހައުސިން ޔުނިޓްތަކެއް އެޅުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކެއް ވަނީ އިންކަމް ޓެކްސް އިސްތިސްނާވާ މަޝްރޫއުތަކެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

އެގޮތުން އެންބީސީސީ އާއި ރެެނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް އަދި ވަރިންދެރާ ކޮންސްޓްރަކްޝަންސް ލިމިޓެޑް މިއިން ކޮންމެ ކުންފުންޏަކާ ހަވާލުކޮށްފައިވާ 2،000 ހައުސިން ޔުނިޓްގެ މަޝްރޫއު އިން އިންކަމް ޓެކްސް ވަނީ އިސްތިސްނާކޮށްފަ އެވެ.

މީގެ ކުރިން ވަނީ އައްޑޫ ސިޓީ މަގު ހެދުމުގެ މަޝްރޫއާއި އައްޑޫ މަގު ހެދުމުގެ މަޝްރޫގެ ކޮންސަލްޓެންސީ މަސައްކަތުގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާއި ތިލަމާލެ ބްރިޖު މަޝްރޫއަކީ އާމްދަނީން ނަގާ ޓެކްސްއިން އިސްތިނާވާ މަޝްރޫއުތަކެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.