ރައީސް މުހައްމަދު ނަޝީދު

މިދުވަހު އިސްލާމްވީ އޭރުގެ ރަސްގެފާން: ނަޝީދު

މިއަދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމް ދީން ގަބޫލުކުރި ދުވަސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ދިވެހިން މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއް ގައެވެ.

ރައީސް ނަޝީދު ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމް ދީން ބަލައިގަތީ އެއް ދުވަހުން ނޫން ކަމަށެވެ. މި ދުވަހަކީ އޭރުގެ ރަސްގެފާން އިސްލާމްވީ ދުވަސް ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

"އެންމެ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަސް ފާހަގަކުރަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައެވެ.