ފިނިޕޭޖް

"ލީވް ދަ ވޯލްޑް ބިހައިންޑް"ގެ ޓްރޭލާ ނެރެފި

ނެޓްފްލިކްސްގެ ސައިކޮލޮޖިކަލް ތްރިލާ "ލީވް ދަ ވޯލްޑް ބިހައިންޑް"ގެ ޓްރޭލާ ނެރެފި އެވެ.

މި ފިލްމުގެ ޓްރޭލާއިން ފެންނަނީ އެމެންޑާ އާއި ކްލޭ ސޭންޑްފޯޑް ޗުއްޓީ ހޭދަކުރަން ލޯންގް އައިލެންޑަށް ގޮސްގެން އުޅެނިކޮށް، ދަންވަރު ގޭގެ ދޮރުގައި ޓަކި ޖަހާ އަޑުއިވެ އެވެ. އެއީ ޖީއެޗް ސްކޮޓް އާއި އަންހެނުން ރޫތް އެވެ.

މި ދެމަފިރިން ބުނަނީ އެމީހުންނަކީ އެމެންޑާ އާއި ކްލޭ ހަފްތާ ބަންދަށް ކުއްޔަށް ހިފި ގޭގެ ވެރިފަރާތް ކަމަށެވެ. އަދި އެ ދެމަފިރިންނަށް އެގޭގައި އެރޭ ތިބެވިދާނެ ކަމަށެވެ. ދެން ފެންނަނީ ސައިބާއެޓޭކަކާ ގުޅިގެން ނިއު ޔޯކް ސިޓީން ކަރަންޓް ކެނޑި ބްލެކްއައުޓްވުމާ ގުޅިގެން އެމެންޑާ އާއި ކްލޭ އަދި ދެމަފިރިންގެ ފުރާވަރުގެ ދެ ކުދިން ފިލާތަނެވެ. އަދި ޑެނީ (ދުނިޔެ ނިމޭނެކަމަށް ދައުވާކުރާ މީހެއް) އެމެންޑާ އާއި ކްލޭ ގާތު ކުރާ ސުވާލަކީ ވަށައިގެން ވަމުންއާ ކަންތައްތައް ނަގައިނުގަނެވޭ ތޯއެވެ. އަދި އެންމެން ދޫކޮށް ދިޔަ ކަމަށެވެ.

ސޭމް އެސްމައިލް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މުސްތަގްބަލްގައި ދިމާވެދާނެ ސައިބާއެޓޭކް ކާރިސާއަކަށް ރުމާމް އާލަމް ލިޔުނު ވާހަކައަކަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ އެގްޒެކްޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި ބަރަކް އަދި މިޝޭލް އޮބާމާ ހިމެނެ އެވެ.

"ލީވް ދަ ވޯލްޑް ބިހައިންޑް"ގެ ކާސްޓުންގެ ތެރޭގައި ޖޫލިއާ ރޮބަޓްސް (އެމެންޑާ)، އީތަން ހޯކް (ކްލޭ)، މަހެރްޝަލާ އަލީ (ޖީއެޗް ސްކޮޓް)، ރޫތް (މައިހަލާ ހެރަލްޑް)، ކެވިން ބޭކަން (ޑެނީ)، ފެރާ މެކެންޒީ (ރޯޒް) އަދި ޗާލީ އެވަންސް (އާޗީ) ހިމެނެ އެވެ.

މި ފިލްމު ބައެއް ސިނަމާތަކުގައި ރިލީޒްކުރާނީ ކުރިއަށް ނޮވެމްބަރު 22 ގައެވެ. އަދި ނެޓްފްލިކްސް އިން ސްޓްރީމް ކުރާނީ ޑިސެމްބަރު އަށްވަނަ ދުވަހު އެވެ.