ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ވީއައިއޭ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުނު ފަތުރުވެރިއެއް ފުލުހުން ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުން ވިސާ މައްސަލަ ޖެހިގެން ވީއައިއޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމުން ހައްޔަރުކުރީ ޗައިނާގެ އަންހެން ފަތުރުވެރިއެކެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ފުރަން ޗައިނާ އެމްބަސީން ޓިކެޓް ނެގުމުންވެސް ފުރާފައިނުވާތީ ކަމަށް މައުލޫމާތު ލިބެ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.