ބޭރު ކުޅިވަރު

ޕާޕޫއަށް ދެ އަހަރުގެ ސަސްޕެންޝަނެއް

ޕާޕޫ ގޯމޭޒް
0%
0%
0%

އާޖެންޓީނާގެ ޕާޕޫ ގޯމޭޒް މަނާ ބޭހަށް ޕޮޒިޓިވްވުމުން ފީފާއިން އޭނާ ދެ އަހަރަށް ސަސްޕެންޑްކޮށްފި އެވެ.

އުމުރުން 35 އަހަރުގެ ޕާޕޫ ގޯމޭޒް ސަސްޕެންޑްކުރިކަން އޭނާ މިހާރު ކުޅެމުންދާ އިޓަލީގެ މޮންޒާ ކްލަބަށް ފީފާއިން މިހާރު ވަނީ އަންގާފަ އެވެ.

ޕާޕޫ ގޯމޭޒް މަނާ ބޭހަށް ޕޮޒިޓިވްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭރު އޭނާ ކުޅެމުންދިޔައީ ލަ ލީގާގެ ސެވިއްޔާއަށެވެ.

މި މައްސަލައިގައި ޕާޕޫ ގޯމޭޒް ވަނީ އޭނާ ބަލިވެ އުޅޭތީ ކޯފް ސިރަޕެއް ބޭނުންކުރި ކަމަށާއި އެ ބޭހުގައި މަނާ މާއްދާއެއް ހުރިކަން ނޭނގޭ ކަމަށް ބުނެފަ އެވެ.

އެ ބޭސް ބޭނުންކުރީ ކްލަބްގެ ޑޮކްޓަރުގެ މަޝްވަރާ ނެތި ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ޕާޕޫގެ ދިފާއުގައި އޭނާގެ ކްލަބް މޮންޒާ އިން ވަނީ ތެދުވެފަ އެވެ. އެގޮތުން ސަސްޕެންޝަނާ ގުޅިގެން ދެން ކުރެވޭނެ ކަންކަން ބަލަމުންދާ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

މޮންޒާއަށް ޕާޕޫ ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައި މިދިޔަ މަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910